މާދަމާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ)އަށް ބާރުބޮޑުވާނެތީ އަވަހަށް އެއާޕޯޯޓަށް ދިއުމަށް  އިލްތިމާސްކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް ކޮމްޕެނީ(އެމްއޭސީއެލް)އިން މިއަދު އެކްސްގައި ބުނީ މާދަމާ މެންދުރު ފަހު އުމްރާއަށް ދިޔަ ދިވެހީން އެނބުރި އަންނަން ފަށާނެ ކަމަށެވެ.

އެހެންކަމުން  ޗެކިންއާއި ސެކިއުރިޓީގެ ކަންކަމަށް ވަގުތު ދިނުމުގެ ގޮތުން މާދަމާ އެއާޕޯޓަށް ފުރަންދާ މީހުން މާދަމާ އަަވަހަށް އެއާޕޯޓަށް އައުމަށް އެމްްއޭސީއެލް ވަނީ އިލްތިމާސްކޮށްފަ އެވެ.

އެމްއޭސީއެލްއިން ބުނީ އުމްރާވެރިން އެނބުރި ރާއްޖެ އަންނާނީ މާދަމާ މެންދުރު ދޭއް ޖަހާއިރާއި އަދި ހަވީރު ހަތަރެއް ޖަހާ އިރު ކަމަށެވެ.

އެހެންކަމުން ވީއައިއޭގެ ޓްރެފިކް ފްލޯއަށް ބާރުބޮޑުނުވާނެ ގޮތަށް ކަންކަން ރޭވުމަށްޓަަކައި ޓެކްސީ އޮޕަރޭޓަރުންނާއި ދަތުރު ފަތުރުގެ ހިދުމަތްދޭ ފަރާތްތަކުން އެމްއޭސީއެލްއަށް އެއްބާރުލުން ދިނުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

އެމްއޭސީއެލްއިން އިތުރަށް ބުނީ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދޭން އެ ކުންފުނީގެ ސްޓާފުން އެއާޕޯޓް ސަރަހައްދުގައި މާދަމާ ހަރަކާތްތެރިވެސް ވާނެ ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *