
މަޝްހޫރު ރިސޯޓް ވިޔަފާރިވެރިޔާ ކެރަފާ އަބްދުލް ގަނީ އަވަހާރަވެއްޖެ އެވެ.
އަބްދުއްގަނީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑުބޭބެ އެކެވެ.
ބޮޑުބޭބެ އަވަހާރަވިކަން ޔަގީންކޮށްދީ ރައީސް ނަޝީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވަނީ އޭނާއަށް ސުވަރުގޭގެ ނިއުމަތް މިންވަރު ދެއްވުމަށް އެދި ދުއާކުރައްވައިފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ބޮޑުބޭބެއަކީ ރާއްޖޭގައި އިލެކްޓްރިފިކޭޝަން، ޓުއަރިޒަމް، ވޮކޭޝަނަލް ޓީޗިން ފަދަ ދާއިރާތަކުގައި ނުހަނު ބޮޑު ހިދުމަތް ތެރިއެއް ކަމަށެވެ.
Alhuganduge Bodubeybe, Kerafaa Abdul Ghani akee raajjeyga electrification, tourism, vocational teaching fadha dhaairaa thakuge nuhanu bodu khidhumaiy therieh. Suvarugeyge mathiveri niumaiy minvaru kuravvaashi.
— Mohamed Nasheed (@MohamedNasheed) August 25, 2025
“ދެން” އަށް އެނގިފައިވާ ގޮތުން އަބްދުލް ޣަނީ އަަވަހާރަވީ ތައިލެންޑްގެ ބެންގްކޮކްގައި ސިއްހީ ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.












































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































