ވިލިމާލޭގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތަކަށް އެ މަސައްކަތް ކުރުމަށް ހަވާލުކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ޝަހީމް މިއަދު ވިދާޅުވީ އެ މިސްކިތް ބިނާކުރުމަށް ހަމަޖެހިފައި ވަނީ ވިލިމާލޭގެ ޒަމާންވީ މިސްކިތެއް ކަމަށްވާ މަސްޖިދުއްސަލާމް މިސްކިތް ހުރި ބިމުގައި ކަމަށެވެ.

އެ މިސްކިތް ހުރި ބިމުގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރުމަށް ހެޔޮއެދޭ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާތީ އެ މަސައްކަތް ކުރުމަށް ހަވާލުކުރަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިސްކިތް ބިނާކުރަން އެ ފަރާތާ ހަވާލުކުރުމަށް ނިންމާފައި ވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ކަމުގަ އެވެ.

އެ މިސްކިތް ބިނާކުރެވިގެން ދާނީ ގުރުއާން ކިޔަވައި ދިނުމާއި އިލްމީ ކަންކަމަށް ބޭނުން ކުރެވޭ ކްލާސްރޫމުތައް ވެސް ހިމެނޭ ގޮތަށް ކަމުގައި ޝަހީމް ފާހަގަކުރެއްވި އެވެ.

Leave a Reply