ރާއްޖޭގެ ދެކުނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރޭ އައްޑޫ ސިޓީގެ ތިން ގެއެއްގެ ފުރާޅު ވަޔާ އެއްލާލައިފިއެވެ.

ޤައުމީ ދިފާއީ ބާރުން ބުނީ، ރޭ 23:20 ހާއިރު ހިތަދޫ އާލިއާ މަންޒިލް ގޭގެ ފުރާޅު ވަޔާ އެއްލާލައިފައިވާ ކަމަށާއި މިއަދު ހެނދުނު ހިތަދޫ ބިންމާގެއާއި މަރަދޫ އެމަރލްޑް ގޭގެ އިތުރުން މީދޫ މޫންޝެޑޯ ގޭގެ ފުރާޅު ވަޔާ އެއްލާލައިފައިވާ ކަމަށެވެ. އަދި އެ ގެތަކުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަަރަކާތްތެރިވެފައިވާ ކަމަށެވެ.

މި ޙާދިސާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާކަމަށް ދިފާއީ ބާރުން މަޢުލޫމާތުދެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލެ ވެސް ނެރެފައެވެ. އަދި ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށް މެޓުން ބުނެއެވެ.

Leave a Reply