ވެލާނާ ބިލްޑިންގް

ވިހައިގެން ޗުއްޓީ ނެގުމުން ޕްރޮމޯޝަނަށް ހުރަސްއަޅާ ކަމަށް ބުނެ އެކަން ހައްލުކޮށްދޭން އެދި ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މއ. ފޭރުގެ، ކ. މާލެ, މަރިޔަމް ޝިފާނާ ހުސެއިން ހުށަހެޅި ޕެޓިޝަންގައި ބުނީ ވިހެއުމާ ގުޅިގެން ނަގާ 90ދުވަހުގެ ޗުއްޓީއަކީ އަންހެނުން ބާރުވެރިކުރުވުމާއި އާއިލީ ދުޅަހެޔޮކަމަށް ދެވޭ ވަރަށް މުހިއްމު ޗުއްޓީއެއް ކަމަށެވެ.

އެހެން ނަމަވެސް ސިވިލް ސަރވިސްގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާމުއްދަތުގައި މަސައްކަތްކޮށްފައިވާ މުއްދަތު، 90ދުވަހަށްވުރެ ކުރުނަމަ މާކްސްދޭ ގޮތުން ޕްރޮމޯޝަންއަށް ހުރަސް އެޅޭ ކަމަށެވެ.

އެހެންވެ އެފަދައިން މެދުވެރިވާ ނަމަ ޗުއްޓީގެ ފުރިހަމަ މަގްސަދު ހާސިލްކުރުމަށް ގޮންޖެހުންތައް ކުރިމަތިވެ މަސައްކަތުގެ މާހައުލުގައި އުޅޭ މައިންނަށް މާޔޫސްކަން ކުރިމަތިވާނެ ކަމަށް ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.

އެހެންވެ ވިހެއުމާއި ގުޅިގެން ހަ މަސް ދުވަހުގެ ޗުއްޓީނަގާ އަންހެން މުވައްޒަފުންގެ ޕްރޮމޯޝަން ނުދީ ހުރި ހާލަތްތަށްބަލައި ޕްރޮމޯޝަން ވީއެންމެ އަވަހަކަށް ހަމަޖައްސާދިނުމަށް ޕެޓިޝަންގައި އެދިފައިވެއެވެ.

އެ ޕެޓިޝަންގައި މިހާތަނަށް 900އަށް ވުރެ ގިނަ މީހުންވަނީ ސޮއިކޮށްފައެވެ.

Leave a Reply