ގެއެއްގެ އަނބު ގަހަކުން ވަގަށް އަނބު ބިން މީހަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު އާއްމުކުރި ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ ފިރިހެނެކެވެ.

އޭނާ ވަގަށް އަނބު ބިނދެގެން ކޮތަޅަކަށް އަޅައިގެން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ. އަދި ސީންގައި އޭނާ ބުނީ އެއީ ގެއެއްގެ ގަހަކުން ބިން އެއްޗެހި ކަމަށެވެ.

އޭނާ އަކީ މީގެ ކުރިންވެސް ވަގަށް އަނބު ބިނުމުގެ ދެ ރެކޯޑް އޮންނަ މީހެކެވެ. އަދި މަސްތުވާތަކެތީގެވެސް ރެކޯޑް އޮންނަ މީހެއް ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހާފަ އެވެ.

Leave a Reply