ހއ. ވަށަފަރު ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް މިއަދު ފަށައިފިއެވެ.

އެ ހިދުމަތް މިއަދު އިފްތިތާހުކުރީ މިއަދު އެ ސިއްހީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ލެބޯޓަރީގެ ހިދުމަތް އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްއެވެ.

އެ ރަސްމިއްޔާތަށްފަހު މިނިސްޓަރު ވަނީ ވަށަފަރު ސިއްހީ މަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރައްވާ، ސިއްހީ މަރުކަޒުގެ ހާލަތު އޮޅުންފިލުވާ، ސިއްހީ ހިދުމަތް ދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

ވަށަފަރަކީ ލޯކަލް ޓޫރިޒަމްގައި ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ރަށަކަށްވާ އިރު ލެބޯޓަރީގެ ހިދުމަތް އެ ރަށުގެ ސިއްހީ މަރުކަޒުގައި ފެށުމުން އޭގެ ނަފާ ފަތުރުވެރިންނަށް ވެސް ކުރާނެއެވެ.

އެކި ރަށްރަށުގައި އަލަށް ލެބޯޓަރީގެ ހިދުމަތް ސަރުކާރުން އިފްތިތާހުކުރަމުންދާ އިރު މި އަހަރު ނިމޭއިރު، ރާއްޖޭގެ އެއްވެސް ހިސާބެއްގައި ނޯންނާނެކަމުގެ ޔަގީންކަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވައިފައެވެ.

Leave a Reply