ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރު ރިޓަޔާކުރައްވަން ނިންމަވައިފިއެވެ.

މައިމޫނާ ރިޓަޔާކުރުމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީއާއި އެޗްޕީއޭއިން ވަކި އެއްޗެއް ނުބުނެއެވެ.

ނަމަވެސް “ދެން”އަށް އެނގިފައިވާ ގޮތުން މައިމޫނާ ރިޓަޔާކުރައްވަން ނިންމަވާފައިވަނީ މި މަހުއެވެ.

ހެލްތު މިނިސްޓްރީގެ އެކި މަގާމުތައް ފުރުއްވާފައިވާ މައިމޫނާ އެޗްޕީއޭގެ ޑިރެކްޓާ ޖެެނެރަލްގެ މަގާމަށް އައްޔަނުކުރެއްވީ 2016 ވަނަ އަހަރުއެވެ.

ނަމަވެސް ދިވެހީންގެ ގިނަ ބަޔަކަށް މައިމޫނާ ފާހަގަކުރެވިގެން ދިޔައީ ކޮވިޑްގެ އާލަމީ ވަބާގެ ދުވަސްވަރު އެ މައްސަލަ ހައްލުކުރުމަށް އެކަމަނާ ކުރެއްވި މަސައްކަތްތަކުގެ ސަބަބުންނެވެ.

Leave a Reply