ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު(ވީއައިއޭ)ގައި ދެމުންގެންދާ އެތެރޭގެ އުދުހުންތަކުގެ ހިދުމަތްތައް ވީއައިއޭގެ ކުރީގެ އިންޓަނޭޝަނަލް ޓާމިނަލްއަށް ބަދަލުކުރަން ނިންމައިފިއެވެ.

“ދެން”އަށް އެނގިފައިވާ ގޮތުން އެތެރޭގެ ހިދުމަތްތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލްއަށް ބަދަލުކުރަން މާދަމާ ހާއްސަ ރަސްމިއްޔާތެއް ވެސް ވަނީ ބާއްވަން ނިންމައިފައެވެ.

އެންމެ ޒަމާނީ ފެންވަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަލުން ތަރައްގީކޮށް ހުޅުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 26ވަނަ ދުވަހުއެވެ.

އޭގެ ފަހުން ބައިނަލްއަގުވާމީ ދަތުރުތަކަށް ހިދުމަތް ދެމުން ގެންދަނީ އާ ޓާމިނަލްއިންއެވެ. އަދި ދާދި ފަހުން ވަނީ ބައިނަލްއަގުވާމީ ހުރިހާ އެއާލައިންތަކެއްގެ ހިދުމަތް އާ ޓާމިނަލްއަށް ބަދަލުވެސްކޮށްފައެވެ.

ވީއައިއޭގެ އެތެރޭގެ ހިދުމަތްތަައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލްއަށް ބަދްލުކުރުމުން ހިދުމަތްތައް ދިނުމަށް ޖާގައިގެ ގޮތުން ބޮޑުވާނެއެވެ.

މިހާރުވެސް އެެތެރޭގެ އުދުހުންތައް އިތުރަށް ފުޅާކޮށް އާ އެއާޕޯޓުތައް އެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

Leave a Reply