އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މައްސަލާގައި ހައްޔަރުކުރި މީހާ 30 ދުވަހަށް ބަންދުކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެރޭ އެމްޑީޕީ ހަރުގޭގެ ދޮރަށް ގެއްލުން ދިން މައްސަލާގައި ހައްޔަރުކޮށްފައިވަނީ މ. ސްޓާ، މާލެ، މުހައްމަދު ރަޒީން (49އ) އެވެ.

ފުލުހުން މިއަދު ބުނީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ބަންދަށް 30 ދުވަސް ދީފައިވާ ކަމަށެވެ.

އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި

ރަޒީން އަކީ މީގެ ކުރިންވެސް އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހެކެވެ. އެންމެ ފަހުން އޭނާ  ހައްޔަރުކުރީ ކެފޭއެއްގެ ރެކު ތަޅާލި މައްސަލާގަ އެވެ.

Leave a Reply