
އެމްއެމްޕީއާރުސީގެ ފުރަތަމަ ލޯކަލް އެމްބެސެޑަރަކަށް ރާއްޖޭގެ ބޭންޑް “ޓޫ އޮފް އަސް” ހަމަަޖައްސައިފި އެވެ.
އެމްއެމްޕީއާރުސީން ބުނީ އެ ބޭންޑް އެމްބެސެޑަރަކަށް ހަމަޖެއްސީ ދިވެހި އާޓިސްޓުން އިތުރަށް ބާރުވެރިކުރުމުގެ ގޮތުން ފެށި ލޯކަލް އެމްބެސެޑާޝިޕް ޕްރޮގްރާމްގެ ދަށުން ކަމަށެވެ.
އެގޮތުން އެ ޕްރޮގްރާމްގެ ދަށުން ފުރަތަމަ އެމްބެސެޑަރަކަށް “ޓޫ އޮފް އަސް” ހަމަޖެއްސީކަމަަށް އެމްއެމްޕީއާރުސީން ބުންޏެވެ.
We're excited to introduce the Visit Maldives Local Ambassadorship Program, a unique initiative to engage and empower Maldivian artists and creatives. We're proud to welcome '2ofUs' as our inaugural ambassadors! pic.twitter.com/USp7OXNSOS
— Maldives Marketing & Public Relations Corporation (@mmprc_corporate) July 7, 2025
“ޓޫ އޮފް އަސް” މި ފަހުން މަގުބޫލުވެގެން ދިޔައީ އިންޑިއާގެ ޓީވީ ޗެނެލްއަކުން ގެނެސްދިން “ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް” މުބާރާތުގައި ދެއްކި ހުނަރުން ނެވެ.
“ޓޫ އޮފް އަސް”ވަނީ އެ މުބާރާތުން ތިން ވަނަ ހޯދައިފަ އެވެ. އަދި މުބާރާތުގެ ފަނޑިޔާރުންގެ ތައުރީފް އެ ބޭންޑަށް ވަރަށް ބޮޑަށް ލިބުނެވެ.
އެމްއެމްޕީއާރުސީން މިދިޔަ މަހު ވަނީ އެމްބެސެޑަރާއަކަަށް ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް ވެސް ހަމަޖައްސައިފަ އެވެ.
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































