މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް” ގެ ނަން، “ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް” އަށް މިއަދު ބަދަލުކޮށްފި އެވެ.

އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސްއަށް ބަދަލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރެއްގެ ދަށުންނެވެ.

ރައީސް ނެރުއްވި ގަރާރުގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ނަން ވިޒިޓް މޯލްޑިވްސްއަށް ބަދަލުކުރަން ނިންމީ އެ ކުންފުނީގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދަށް އެ ކުންފުނިން ގެންނަން އެކަށައަޅާފައިވާ ބަދަލުތައް ގެނައުމަށް ގަސްތުކުރައްވާތީ ކަމަށެވެ.

ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވޭ އެމްއެމްޕީއާރުސީ އުފެއްދީ 2011 ވަނަ އަހަރު އެވެ.

Leave a Reply