މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝިއަލް އިންޓެލިޖެންސްގެ ޔުނިޓް (އެފްއައިޔޫ)ގެ ހެޑް އިސްމާއިލު ސާޖިދު މަގާމުން ވަކިކޮށްފިއެވެ.

މުވައްޒަފަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ސާޖިދު މަގާމުން ސަސްޕެންޑްކުރީ މިދިޔަ މަސް ނިމެން އުޅެނިކޮށެވެ.

“ދެން” އަށް އެނގިފައިވާ ގޮތުން އެ މައްސަލަ އެމްއެމްއޭގެ ކޮމިޓީއަކުން ބެލުމަށް ފަހު ސާޖިދުއަށް ކުރެވުނު ތުހުމަތުތައް ސާބިތުވާ ކަމަށް ކޮމިޓީން އޮތީ ނިންމައިފައެވެ. އަދި ކޮމިޓީގެ ނިންމުމާ ގުޅިގެން މިއަދު ވަނީ އޭނާ ،މަގާމުން ވަކިކޮށްފައެވެ.

ސާޖިދު އެފްއައިޔޫގެ ވެރިއަކަށް އައްޔަންކުރީ މިދިޔަ އޮގަސްޓު މަހުއެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފް އެހެން ޑިޕާޓްމަންޓަކަށް ބަދަލުކުރުމަށް ފަހުއެވެ.

އެމްއެމްއޭގެ އެފްއައިޔޫގެ ވެރިޔާގެ މަގާމުގެ ކުރިން ސާޖިދު ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުކަމުގެ މަގާމުގައެވެ. ނަމަވެސް ފަހުން ސާޖިދު ވަނީ އިސްތިއުފާ ދެއްވައިފައެވެ.

Leave a Reply