
އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް މީހުން އަހުލުވެރިކޮށް، ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖެ ޝާމިލުވާގޮތަށް ގައުމީ ކެމްޕެއިނެއް ފެއްޓެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު، ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެގޮތަށް ނިންމެވީ އާދިއްތާ ދުވަހު ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށެވެ.
އެ ކެމްޕެއިން ކުރިއްދާނީ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި، ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާއި ފުލުހުންގެ އެހީތެރިކަމާއެކުގަ އެވެ.
އެ ކެމްޕޭނާ ގުޅޭ ގޮތުން ސަރުކާރުން އަދި މިހާތަނަށް އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.