އުމްރާގެ އަޅުކަމަށް ސައުދިއަރަބިޔާ އަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.

މީޑީއާތަކަށް ފޮނުވި މެސެޖެއްގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވީ ޒަމްޒަމް ކޮމްޕެނީގެ ހަވާލުގައި އުމްރާއަށް ގޮސް އުޅެނިކޮށް ނިޔާވީ ގއ. ވިލިނގިލީ ބްލޫހައުސް، މުއުމިނާ ސައީދާ ކަމަށެވެ.

އޭނާ ނިޔާވީ މައްކާގެ ކޮން ހޮސްޕިޓަލެއްގައި ކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ހައްޖަށް އަދި އުމްރާއަށް ގޮސް އުޅުމުގެ ތެރޭގައި އުޅޭ ދިވެހިން ނިޔާވުމަކީ މަދުން ނަމަވެސް ދިމާވާ ކަމެކެވެ.

ހައްޖު ކޯޕަރޭޝަންގެ ފަރާތުން އަދި އެ ކޯޕަރޭޝަންގެ ދަށުން އޮންނަ ގްރޫޕުތަކުގެ ފަރާތުން ކޮންމެ ރަމަޟާން މަހެކޭވެސް އެއްގޮތަށް މި އަހަރުގެ ރަމަޟާން މަހުވެސް ދަނީ އެކި ގްރޫޕު ތަކަށް ބަހައިގެން ދިވެހިން އުމްރާ ދަތުރުތަކުގައި ގެންދަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *