އުރީދޫގެ ޑިޖިޓަލް ވޮލެޓް އެމްފައިސާ މެދުވެރިކޮށް ވިޔަފާރިކޮށްގެންނާއި އުރީދޫގެ ހިދުމަތްތަކުގެ ބިލު ދައްކައިގެން އައިފޯނު 17 ޕްރޯއެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އުރީދޫގެ ސޯޝަލް މީޑިއާ ހޭންޑަލްތަކުގައި ކޮށްފައިވާ ޕޯސްޓްތަކުގައިވާ ގޮތުން އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ކޮންމެ މަހަކު މަދުވެގެން 1000 ރުފިޔާއިން ވިޔަފާރިކުރާ ފަރާތްތަކަށެވެ.

ކުރިއަށް އޮތް ތިން މަހު، މި ގޮތަށް ކޮންމެ މަހަކު 1000 ރުފިޔާ އެމްފައިސާ މެދުވެރިކޮށް ހޭދަކުރަން ޖެހޭނެ ކަމަށް އުރީދޫން ބުންޏެވެ.

އައިފޯން 17 ޕްރޯ ލިބޭ ނަސީބުވެރިޔާ ހޮވާނީ ތިން މަސް ފަހުންނެވެ.

Leave a Reply