އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި ނިއުކްލިއާ ފެސިލިޓީތައް ހިމެނޭ ގޮތުން އެ ގައުމުގެ އަށް ސަރަހައްދަކަށް އިޒްރޭލުން ދިން އުދުވާނީ ހަމަލާތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރި ކުރައްވައިފި އެވެ.

އީރާނަށް ދިން ހަމަލާތަކާ ގުޅިގެން “އެކްސް” ގައި ކުރެއްވި ޕޯސްޓުގައި ރައީސް ވަނީ އިޒްރޭލުގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފަ އެވެ.

ރައީސް ވިދާޅުވީ މިފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު އަދި އެ ސަރަހައްދުގެ ސުލްހަ އާއި ހަމަޖެހުމަށް ވެސް ނުރައްކާވާ ފަދަ އަމަލުތަކެއް ކަމަށެވެ. ނުތަނަވަސްކަން އިތުރުވިޔަ ނުދޭން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

Leave a Reply