އިސްލާމި މަރުކަޒުތަށް ތަރައްގީކުރުމުގެ ބޭނުމަކީ، އެ ތަންތަން މެދުވެރިކޮށް އިސްލާމީ އިލްމު ފެތުރުމާއި އިސްލާމީ ނޫރު ރާއްޖޭގައި ފެތުރުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ،ދިއްދޫގައި ތަރައްގީ ކުރި އިސްލާމީ މަރުކަޒު ހުޅުވައިދެއްވުމަށްފަހު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ. ދިއްދޫގައި ހުޅުވި އިސްލާމީ މަރުކަޒަކީ އަތޮޅުތަކުގައި ހުޅުވި 3 ވަނަ މަރުކަޒެވެ.

ވަޒީރު ވިދާޅުވީ، ދިއްދޫގައި ހުޅުވި އިސްލާމީ މަރުކަޒު ވާނީ މުހިއްމު ޢިލްމީ މުއައްސަސާއަކަށްކަމަށެވެ. އެ މަރުކަޒަކީ ސަރުކާރުން ވަރަށް މުހިއްމު އިސްކަމެއް ދެއްވައިގެން ނިންމާފައިވާ މަޝްރޫއުއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވަނީ އިސްލާމީ މަރުކަޒުގައި ލައިބްރަރީއާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިވެސް ހުޅުވާފައިވާކަން ފާހަގަކުރައްވާފައެވެ.

“ރައީސް ވަރަށް ބޮޑަށް އިސްކަން ދެއްވާ މިހެން ހުރި މަޝްރޫޢުތައް ނިންމުމަށް. މިތަންތަނަށް ހާއްސަ އިސްކަމެއް ދެއްވައިގެން މިތަންތަން ނިންމުމުގެ ބެނުމަކީ މިތަންތަން މެދުވެރިކޮށް އިސްލާމީ އިލްމު ފެތުރުމާއި އިސްލާމީ ނޫރު ރާއްޖޭގައި ފެތުރުން.” :އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

Leave a Reply