
މީހުން ދިރިއުޅޭ އިތުރު ހަތަރު ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ވަސީލަތް މި މަހު ގާއިމުކުރާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހޯމް މިނިސްޓްރީން ބުނި ގޮތުގައި އެ ރަށްތަކަކީ މ. މުލި، ށ. ފުނަދޫ، ށ. މިލަންދޫ އަދި ނ. ވެލިދޫ އެވެ.
ހޯމް މިނިސްޓްރީން ބުނީ 15 ރަށެއްގައި މިހާރު ވެސް އައިޑީ ކާޑު ޕްރިންޓު ކުރުމުގެ ޚިދުމަތް ދެމުން އަންނަ ކަމަށެވެ.
މީގެ ތެރެއިން ނ. އަތޮޅުގެ ތިން ރަށެއް ހިމެނޭނެ އެވެ. އެއީ މި ފަހުން އެ އަތޮޅު ކެނދިކުޅުދޫއާއި މަނަދޫގައި ވެސް އައިޑީކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ދޭން ފަށަން ވަނީ ތައްޔާރުވެފަ އެވެ.