އިމެޖެންސީ ފަރުވާއަށް ގެންދިޔަ މީހަކު މަރުވި މައްސަލަ ބަލަން ފުލުހުން ނިންމައިފި އެވެ.

މިއަދު ހެނދުނު 10:10 ކަންހާ އިރު މއ. ސައިނޯސާ،މުހައްމަދު ރަޝީދު(43އ.) އައިޖީއެމްއެޗަށް ގެންދިޔައީ ގޭގެ ކޮޓަރި ތެރޭގައި ވެއްޓިފައި އޮއްވާ ފެނިގެންނެވެ.

އޭނާ އިމެޖެންސީއަށް ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔުމުން ވަނީ ނިޔާވެފަ އެވެ.

ފުލުހުން ބުނީ ބޭރު ފުށުން ރަޝީދުއަށް އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށެވެ.

އެހެން ނަމަވެސް އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.

Leave a Reply