
ރާއްޖެ އެތެރެވުމުގެ ކުރިން އެތެރެވާ މީހާއާ ބެހޭ މައުލޫމާތު ފުރުމަށް ބޭނުންކުރާ “އިމުގާ”ގެ ނަމުގައި ފޭކު ވެބްސައިޓްތަކެއް ހަދައިގެން ދައުރުކުރަމުންދާތީ ސަމާލުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިލްތިމާސްކޮށްފި އެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ބުނީ “އިމުގާ” ގެ ނަމުގައި ހަދައިގެން އުޅޭ ފޭކު ވެބްސައިޓްތަކުން ފައިސާވެސް ނަގަމުންދާ ކަމަށެވެ.
އެހެން ނަމަވެސް އިމުގާ ފޯމަކީ ހިލޭ ފުރޭއެއްޗެއްކަން އިމިގްރޭޝަނުން ހަނދާން ކޮށްދިނެވެ.
‼ Fake IMUGA websites alert!
Avoid using fake or third-party websites. The Traveller Declaration form is completely FREE.
Visit the official website:
👉 https://t.co/0FPCd0pNYC@MoTmv @mmprc_corporate @visitmaldives @matatoMV @PoliceMv @HomeMinistrymv @matimaldivesmv pic.twitter.com/DYAYx1rOdB— Maldives Immigration (@ImmigrationMV) May 8, 2025
އެހެންވެ “ތިންވަނަ ޕާޓީ” ވެބްސައިޓްތައް އިމުގާ ފޯމު ފުރަން ބޭނުން ނުކުރުމަށާއި އަދި އެކަމަށް އިމިގްރޭޝަންއިން ބޭނުންކުރާ އަސްލު ވެބްސައިޓް ބޭނުންކުރަން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެ ކުރިން ރާާއްޖޭގެ ބޭންކެއްގެ ފޭކު ވެބްްސައިޓެއް ހަދައިގެން ވެސް ސްކޭމްތައް ހިންގާފައިވެ އެވެ.































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































