މޯލްޑިވްސް އިމިގްރޭޝަނުގެ ރަސްމީ މަސައްކަތު ގަޑި ސިވިލް ސާވިސްގެ ރަސްމީ މަސައްކަތު ގަޑި ކަމަށްވާ ހެނދުނު 8 އިން މެންދުރުފަހު 2 އަށް ބަދަލުކޮށްފި އެވެ.

މީގެކުރިން އިމިގްރޭޝަނުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8 އިން ހަވީރު 4 އެވެ.

އިމިގްރޭޝަނުން ރޭ “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ އެ އިދާރާގެ ރަސްމީ މަސައްކަތު ގަޑި ސިވިލް ސާވިސްގެ ރަސްމީ މަސައްކަތު ގަޑި ކަމުގައިވާ ހެނދުނު 8 އިން މެންދުރުފަހު 2 އަށް މިއަދުން ފެށިގެން ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ރަސްމީ މަސައްކަތު ގަޑި ބަދަލުކުރި ނަމަވެސް އެ އިދާރާއިން ދެމުންގެންދާ ހުރިހާ ހިދުމަތްތަކެއް މިހާރު ވެސް ދެމުންދާ ގަޑިތަކުގައި އާންމުންނަށް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *