ރ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނު ހަށިގަނޑު ކުނިވެފައި އޮތުމުން ޖިންސު ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އިއްޔެ 16:24 އެހާކަންހާއިރު އެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ހަށިގަނޑު ފުލުހުންގެ ތަޙްޤީޤަށް ގެނެސްފައިވާ ކަމަށާއި ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެ، ހަލާކުވެފައިވާތީ ހަށިގަނޑުގެ ޖިންސު ދެނެގަނެވިފައި ނުވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ފުލުހުންގެ ތަޙްޤީޤަށް ބޭނުންވާ ފޮރެންސިކް ސާމްޕަލް ނެގުމާއި، ތަޙްޤީޤުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި އިތުރު މައުލޫމާތު ލިބޭ ވަރަކުން ހިއްސާކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިގެން ފުލުހުން ހަރަކާތްތެރިވަނީ

Leave a Reply