ޔަމަނަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާގެ ސަފީރު ސުހެލް އަޖާޒް ޚާން، ރިޔާދުގައި ޔަމަނުގެ ޕްރެޒިޑެންޝަލް ލީޑަރޝިޕް ކައުންސިލްގެ ޗެއަރމަން ރަޝާދް އަލް-އަލީމީއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާއި، ދެ ގައުމަށް މަންފާކުރާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މި މުހިންމު ބައްދަލުކުރެއްވުމުގައި އިންޑިއާގެ ޑެޕިއުޓީ ޗީފް އޮފް މިޝަން އަބޫ މަތެން އަދި ފަސްޓް ސެކްރެޓަރީ ރިޝި ޓްރިޕާތީ ބައިވެރިވެ ވަޑައިގަތެވެ. އިންޑިއާގެ އެމްބަސީއިން މި ބައްދަލުކުރެއްވުމާ ބެހޭ މަޢުލޫމާތު […]

Leave a Reply