
އަންނަ އާދިއްތަ ދުވަހުން ފެށިގެން ހަ ރޯދަ ނިމެންދެން ވެމްކޯއިން މާލެއާއި ހުޅުމާލޭގައި ކުނި ނަގައިދޭ ގަޑިތަަަކަށް ބަދަލު ގެނެސްފިއެވެ.
ވެމްކޯއިން މިއަދު ބުނީ އެ ބަދަލުތައް އަވަހަށް ގެނައީ ރޯދައަށް ދުރާލައި ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.
ވެމްކޯއިން ދެން ކުނި ނަގައިދޭނެ ގަޑިތައް
- މާލޭގައި – ރޭގަނޑު 08:30އިން ދޭކަށް
- ހުޅުމާލޭގައި- ރޭގަނޑު ނުވަޔަކުން 02:30އަށް
ވިލިމާލޭގައި ކުނި ނަގައިދޭ ގަޑިތައް ބަދަލުކުރީ މުލަ ރޯދައިން ފެށިގެން ހަ ރޯދަ ނިމެންދެނެވެ. އެއީ ރޭގަނޑު ނުވަޔަކުން އެކަކަށެވެ.






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































