ރޯޑް ޑިވޮލޮޕްމަންޓް ކޯޕަޜޭޝަން(އާރުޑީސީ)ގެ ޗެއާމަންގެ މަގާމަށް މުހައްމަދު ޝާމީ އަނެއްކާވެސް އައްޔަނުކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ޝާމީ އެ މަގާމަށް އައްޔަނުކުރިކަން ޔަގީންކޮށްދީފަ އެޗެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު އާރުޑީސީގެ ޗެއާމަންގެ މަގާމަށް އެންމެ ފުރަތަމަ އައްޔަނުކުރި އިރު އޭނާ މިދިޔަ އޭޕްރީލް މަހު ވަނީ މަގާމުން ވަކިކުރި އެވެ.

އޭރު އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމައެއް ނުކުރެ އެވެ.

މިިދިޔަ އޭޕްރީލް މަހު އޭނާ މަގާމުން ވަކިކުރި އިރު އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ބޯޑު މެމްބަރުކަމުން ވެސް ހަމަ އެ މަހު ވަކިކުރި އެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކުގެ އެކި މަގާމުތަކަށް ދޭތެރެ ދޭތެރެއުން ބަދަލުތައް ގެންނަކަން ފާހަގަކޮށްލެވެ އެވެ.

Leave a Reply