
އާންމުންނަށް ވަދެވޭ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޓްސްއަޕް ޗެނެލްއެއް ހުޅުވައިފި އެވެ.
ރަައީސް މުއިއްޒު މިއަދު އެކްސްގައި ވަނީ އެ ޗެނަލް ހުޅުވިކަން އިއުލާންކޮށް އެ ޗެނަލްއާ “ޖޮއިން” ކުރުމަށް އިލްތިމާސްކުރައްވައިފަ އެވެ..
އެ ޗެނަލްއިން ސަރުކާރުގެ މުހިންމު އެކި މައުލޫމާތުތަކާއި ކޮންމެ ދުވަހަކުވެސް އެކި އަޕްޑޭޓްތައް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
I welcome everyone to join my official WhatsApp Channel, where daily updates, important information and messages are being shared.
Join the channel via the link below to stay connected:https://t.co/r5BW37oUNv pic.twitter.com/Jpw0UFVeo6— Dr Mohamed Muizzu (@MMuizzu) April 20, 2025
މިހާރުވެސް އެ ޗެނަލްއާ 1000އަށް ވުރެ ގިނަ މީހުން ވަނީ ގުޅިފަ އެވެ.
އާންމުންނާ ގުޅުން ބޭއްވުމަށް ރައީސް މުއިއްޒު ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުން ނެވެ.
އެގޮތުން ވީޑިއޯ މެދިވެރިކޮށް ސޯޝަލް މީޑީއާގައި ސުުވާލު ކުރުމުގެ ފުރުސަތު ދެއްވާފައިވާ އިރު އެމަނިކުފާނު ދަނީ އެ ސުވާލުތަކަށް ހަމަ ވީޑިއޯ މެދުވެރިކޮށް ޖަވާބުވެސް ދެއްވަމުން ނެވެެ.
އޭގެ އިތުރުން ސަރުކާރުގެ އެކިއެކި ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް “ރައްޔިތުންނާ އެކު” ނަމުގައި ރައީސް އޮފީހުން ދަނީ ހާއްސަ ޕޮޑްކާސްޓެއްވެސް ގެނެސްދެމުން ނެވެ.
































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































