އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކުން މަރުވެފައި އޮތް ބިދޭސީއެއް ފެނިއްޖެއެވެ. ފުލުހުން ބުނި މިއަދު ހަވީރު 16:41ގައި އެކަމާ ގުޅޭ ރިޕޯޓް ލިބިގެން ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. މަރުވެފައި ވަނީ ބިދޭސީ ފިރިހެނެއްކަމަށް ވެސް ފުލުހުން ބުނެއެވެ. ނަމަވެސް އެއީ އަދި ކާކުކަމެއް ދެނެގަނެވިފައި ނުވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގް ކުރަމުންނެވެ.

Leave a Reply