އައްޑޫ ސިޓީ ހިތަދޫގައި މިރޭ ގައި ހިނގި އެކްސިޑެންޓެއްގައި ކުޑަ ދެ ކުދިންނާއި އަންހެނަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގީ އެ ސިޓީގެ ހިތަދޫ ބިނާ މަގުގައި ކަމަށެވެ. މި ހާދިސާގައި އެއް ސައިކަލު ދުއްވީ އަންހެނެކެވެ.

އަނެއް ސައިކަލު ދުއްވީ 15 އަހަރުގެ ފިރިހެން ކުއްޖެކެވެ. އަދި އެ ސައިކަލުގެ ފަހަތުގައި 16 އަހަރުގެ ފިރިހެން ކުއްޖެކެވެ.

މި ހާދިސާގައި އެ ކުޑަ ދެ ކުދިންނާއި އެ އަންހެންމީހާ އަށް އަނިޔާވެފައިވެއެވެ. އެ މީހުންނަށް އަންނަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

Leave a Reply