އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލު(އޭއެޗުއީ)ގެ ސީއީއޯގެ މަގާމަށް ޑރ. އަދީލް ނަސީރު އައްޔަނުކޮށްފިއެވެ.

އޭއެޗުއީގެ ސީއީއޯގެ މަގާމުގައި މިހާތަނަށް ހުންނެވީ ޑރ. އިބްރާހިމް ޔާސިރުއެވެ.

ނަމަވެސް އޭއެޗުއީއިން ބުނީ އެ މަގާމަށް މި މަހު، ޑރ. އަދީލް އައްޔަނުކޮށްފައިވާ ކަމަށެވެ.

ކުރީގެ ސީއީއޯ  ޔާސިރު އެ މަގާމުން ވަކިކުރި ސަބަބެއް ސާފެއް ނުވެއެވެ.

އަދީލްއަކީ މެނޭޖްމަންޓްގެ ދާއިރާއިން ޕީއެޗްޑީ ހާސިލުލކުރައްވާފައިވާ ބޭފުޅެކެވެ. ކުރިން އައްޑޫގެ ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލްކަން ވެސް ކުރައްވާފައިވާ އަދީލް އެންމެ ފަހުން ހުންނެވީ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.

އަދީލް ވަނީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމްގެ ރަނިން މޭޓެއްގެ ގޮތުގައި ވެސް ވާދަކުރައްވައިފައެވެ.

Leave a Reply