އައްޑޫ ސިޓީއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށްފި އެވެ.

މުޅި އައްޑޫ އިން ކަރަންޓު ކެނޑުނީ ހޮނިހިރު ދުވަހުގެރޭ އެވެ. ކަރަންޓު ކެނޑުނުތާ ދޮޅުގަޑިއިރު ފަހުން އަލުން ކަރަންޓު ދީފައިވެ އެވެ.

އައްޑޫއަށް ކަރަންޓު ފޯރުކޮށްދޭ ފެނަކައިން މިއަދު ބުނީ، ކަރަންޓު ކެނޑުނީ ޖެނެރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެކަމަކު އެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށް ފެނަކައިން ބުންޏެވެ.

އަދި މި ވަގުތު އައްޑޫގެ 6 ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށް ފެނަކައިން ބުންޏެވެ.

Leave a Reply