އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން ދެ ޖެނެރޭޓަރު ގެންގޮސްފި އެވެ.

އައްޑޫގައި ކަރަންޓުގެ ހިދުމަތް ދޭ ފެނަކައިން ބުނީ އައްޑޫއަށް ގެންދިޔައީ 1.8 މެގަވޯޓުގެ ދެ ޖެނެރޭޓަރެއް ކަމަށާއި އެ ޖެނެރޭޓަރު ބެެހެއްޓުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ދޭތެރެ ދޭތެރެއިން ކަރަންޓުގެ މައްސަލަ ދިމާވަމުންދާ އައްޑޫގައި އެންމެ ފަހުން ޖެެނެރޭޓަރަަކަށް މައްސަލަ ދިމާވެ ކަރަންޓު ކެނޑުނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.

އެ މައްސަލަ ކުރިމަތިވި ފަހުން ތިނަދޫ އިން ވެސް 1.6 މެގަވޯޓުގެ ޖެނެރޭޓަރެއް އައްޑޫއަށް ގެންދިޔަ އެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭތީ އެ މައްސަލަ މަޖިލީހަށް ވެސް ހުށަހަޅާފައިވާ އިރު އައްޑޫގެ ރައްޔިތުން ވެސް އެ މައްސަަލައިގައި މުޒާހަރާ ވެސް ކޮށްފަ އެވެ.

ސަރުކާރުން އެ މައްސަލައިގައި ބުނީ އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ދާދި ފަހުން ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތްތައް މި އަހަރު ފަށާނެ ކަމަށާއި އެކަން ބަޔަކާ ހަވާލު ކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

Leave a Reply