އަންނަ މަހުގެ ފަސް ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ދެންނެވުމެއްގެ ދަށުން އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސިކަން ރައީސް އޮފީހުން ހާމަކުރީ މިއަދުއެވެ.

އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި މީގެ ކުރިންވެސް ހަމަޖައްސަވާފައިވާތީ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އާންމުކޮށް އަމަލުކުރަމުން އައި އުސޫލުގެ ދަށުން ކޮންމެ އަހަރަކުވެސް މަޖިލިސް ހުޅުވާ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި އޮންނަނީ ކަނޑައަޅައިފައެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ފުރަތަމަ ފަހަރަށް 2024 ވަނަ އަހަރު މަޖިލިސް ހުޅުވި އިރު އެ ދުވަސް ބަންދެއް ނުކުރެއެވެ. ނަމަވެސް 2025 ވަނަ އަހަރު މަޖިލިސް ހުޅުވި ދުވަސް ބަންދުކުރިއެވެ.

Leave a Reply