އަންނަ އަހަރުގެ ހުރިހާ ދުވަހަކު ވެސް ފެމިލީ ކޯޓުން ކައިވެނިކޮށްދޭ ގޮތަށް ހަމަޖައްސައިފި އެވެ.

އަންނަ އަހަރުގެ ހުރިހާ ދުވަހަކު ވެސް ކައިވެނިކޮށްދޭނެކަން ހާމަކޮށް ފެމިލީ ކޯޓުން މިއަދު ކުރި އިއުލާނެއްގައި ވަނީ އަންނަ އަހަރު ކައިވެނިކޮށްދޭނެ ގަޑިތައް ވެސް ހާމަކޮށްފަ އެެވެ.

ރަސްމީ ދުވަސްތަކާއި ހުކުރު، ހޮނިހިރު ނޫން ބަންދު ދުވަސްތަކުގައި ކޯޓުގައި ކައިވެނިކޮށްދޭނީ

  •   09:00 އިން 11:30 އަށް.
  •   13:00 އިން 13:30 އަށް.
  •   15:00 އިން 21:30 އަށް.

ހުކުރު ހޮނިހިރުގައި ކޯޓުގައި ކައިވެނިކޮށްދޭނީ

  •   15:00  އިން 21:30 އަށް (ހުކުރު)
  •   10:00 އިން 21:30 އަށް (ހޮނިހިރު)

ކޯޓުން ބޭރުގައި ކައިވެނިކޮށްދޭނީ

  • ކޮންމެ ދުވަހެއްގެ ވެސް 15:00 އިން 21:30 އަށް.

ފެމިލީ ކޯޓުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އޮކްޓޫބަރު މަހު 185 ކައިވެނިކުރި އެވެ. އަދި 135 ކައިވެނި ރޫޅާލައިފައި ވެއެވެ.

Leave a Reply