ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ގއ. ކޮލަމާފުށި, ދޮންވެލި، ޝިފާއުﷲ ސައީދު (44އ) އެވެ.

ފުލުހުން ބުނީ ޝިފާއުﷲ ހައްޔަރުކުރީ އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިދިޔަ ބުދަ ދުވަހު ކޮލަމާފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ އޮޕަރޭޝަނުގައި އާރުޓީއެލްގެ ފެރީގައި ކޮލަމާފުއްޓަށް ޝިފާއުﷲ އައުމުން ހުއްޓުވައި، ބަލައި ފާސްކުރިއިރު އޭނާ ގެނައި ފޮށިގަނޑަކުން މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޝިފާއުﷲ ހުއްޓުވަން އުޅުމުން ސައިކަލަކަށް އަރައިގެން މަޑުނުކޮށް ދާން އުޅުމުގެ ތެރޭގައި ވެއްޓި ކަނާތު ކަކުލާއި އުޅަނބޮށި މަށައިގެން ގޮސް އަނިޔާވެފައިވާ ކަމަށެވެ.

އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 11 ދުވަހަށް ބަންދުކުރަން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

Leave a Reply