ޝަރުއީ އުސޫލުތަކާ އެއްގޮތަށް ކޭޝް ވަގުފު ފަންޑު ފަށާނީ 15 މިލިއަން ރުފިޔާއާއެކު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓަރު ޝަހީމް މިރޭ މީޑިއާތަކާ ހިއްސާ ކުރެއްވި މެސެޖުގައި ބުނީ އިސްލާމިކް މިނިސްޓްރީގެ ވަގުފު ފަންޑު ތަރައްގީކޮށް، ޝަރުއީ އުސޫލުތަކާ އެއްގޮތަށް، (ކޭޝް ވަގޔފު) ކުރެވޭނެ ނިޒާމު މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ.

އަދި ކޭޝް ވަގުފުން އިންވެސްޓްކޮށް އޭގެ ސާފު ފައިދާއިން އިސްލާމީ ދާއިރާތަކަށް ހޭދަކުރަން  ނިންމާފައިވާ ކަމަށާއި އެއާއެކު  ދިވެހި ރައްޔިތުންގެ ތެރެއިން ﷲ ގެ މަގުގައި ނަގުދު ފައިސާ ވަގުފުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“ވަގުފު ފަންޑަށް ސަދަގާތާއި ޚައިރާތާއި ހިބައާއި ވަސިއްޔަތުގެ ގޮތުން ދޭ ހަދިޔާވެސް ބަލައިގަނެވޭނެ. މިބައި ފަންޑުގެ ތެރޭގައި ބެލެހެއްޓިގެންދާނީ ކޭޝް ވަގުފާ ވަކިން ހަރުދަނާ ނިޒާމެއްގެ ތެރެއިން. މި ހެޔޮ ބަދަލަކީ ފަންޑު އުފެދުނުތާ 15 އަހަރު ފަހުން ގެނެވޭ އެންމެ ބޮޑު ހެޔޮ ބަދަލުތަކެކެވެ.” މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން ވަގުުފު ފަންޑުން ހޭދަކުރުމުގެ އުސޫލު ވެސް އެކުލަވާލައި ގެެޒެޓްކޮށް މިއަދުން ފެށިގެން އެ އުސޫލަށް އަމަލުވެސް ކުރަން ވެސް ވަނީ ފަށައިފަ އެވެ.

އެ އުސޫލުގައިވާ ގޮތުން ވަގުފު ފަންޑު ބެލެހެއްޓުމާ ޙަވާލުވާ ފަރާތަކީ އިސްލާމިކް މިނިސްޓަރު އެވެ. އަދި އަދި ހުރިހާ ޙާލަތެއްގައި ވެސް ވަގުފު ފަންޑަށް ޒިންމާވާންޖެހޭ އެންމެ އިސް ފަރާތަކ،ީ އިސްލާމިކް މިނިސްޓްރީ އެވެ.

އުސޫލުގައި އިތުރަށް ބުނެފައިވާ ގޮތުން

  • ފަންޑުގެ މަގުސަދުތައް ހާސިލު ކުރުމަށް ޓަކައި ސިޔާސަތުތައް ކަނޑައެޅުމަށާއި ނިންމުންތައް
    ނިންމުމަށ،ް ޓްރަސްޓް ސްޓޭޓްމަންޓުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީނ،ް ހަތް މެމްބަރުން
    ހިމެނޭ ފަންޑު ކޮމިޓީއެއް އުފައްދަން ވާނެ
  • ފަންޑު ކޮމިޓީގެ ސިޔާސަތުތަކާއި ނިންމުންތައް ތަންފީޒުކުރުމަށާއ،ި ފަންޑާ ގުޅޭ އެހެނިހެން
    މަސައްކަތްތައް ކުރުމަށ،ް ފަންޑު މެނޭޖަރެއް ކަނޑައަޅަން ވާނެ
  • އަަހަރުން އަހަރުން ފަންޑު އޮޑިޓްކޮށް އަހަރީ ރިޕޯޓް ނެރެން ވާނެ
  • ފަންޑު އުވައިލަން ޖެހިއްޖެނަމ،ަ ފަންޑުގައިވާ ވަގުފު މުދަލާއި ފައިސ،ާ ޝަރުއީ ލަފާދޭ ކޮމިޓީގެ ލަފާގެ މަތިނ،ް އެހެން ވަގުފަކަށް ނުވަތަ ވަގުފު ފަންޑަކަށް ބަދަލުކުރަން ވާނެ

Leave a Reply

Your email address will not be published. Required fields are marked *