ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ މައްސަލަ ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

އެހެންވެ އެ މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއްވެސް ސާފެއް ނުވެއެވެ.

ނަމަވެސް “ދެން” އަށް އެނގިފައިވާ ގޮތުން އެ މައްސަލައިގައި ތުހުމަތުކުރަނީ ސިފައިންގެ މީހަކަށެވެ. އަދި އޭނާ ޖިންސީ ގޯނާކުރީ ލޯބިވެރިޔާގެ ދަރިންނަށެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ހަވީރު މާލޭ މަގުމަތިން ފުލުހުންގެ އެހީއަށް އެދުނު އަންހެނަކު ހޮސްޕިޓަލަށް ގެންދިޔައިރު ޖިންސީ ގޯނާކޮށްފައި ހުރި މައްސަލައެއް ވެސް ފުލުހުން ދަނީ ބަލަމުން ނެވެ.

Leave a Reply