ކުއްޖެއްގެ ގައިގައި އަތްލި މައްސަލައެއްގައި އަންހެނަކު މަހަކަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ނުރުހުމުގައި ކުއްޖެއްގެ ގައިގައި އަތްލުމުގެ ކުށް ސާބިތުވީ އާއިޝަތު ރައުޟާ އަހުމަދު ކިޔާ މީހެއްގެ މައްޗަށެވެ. އޭނަގެ މައްޗަށް އިއްވީ މަހަކާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

މި މައްސަލައިގައި ހިމެނޭ މީހާގެ މައްޗަށް ކުރީ “ގައިގައު އަތްލުން ނުވަތަ އަނިޔާއެއް ކުރުމުގެ” ދައުވާ ކަމަށްވާތީ ކުށަށް ދީފައި ވަނީ، ގާނޫނުގައި ބުނާ އަސާސީ އަދަބު ކަމަށްވާ 1 މަހާއި ހަ ދުވަހުގެ ޖަލު އަދަބެވެ.

ރައުޟާގެ މައްޗަށް ހުކުމް ކުރި ނަމަވެސް މިއީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ ކޯޓުން މައްސަލައިގެ ރިޕޯޓް އާންމެއް ނުކުރެ އެވެ.

Leave a Reply