ބޮޑު ކަންނެލި މަސްވެރިންގެ ޖަމިއްޔާ އިން އިސްވެ ހިންގި މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްގެން ގެންދިޔަ, ޔުނިއަންތަކުގެ ކޮންގްރެސްގެ ރައީސް އަދި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު މައުރޫފް އައިޖީއެމްއެޗަށް މިރޭ ގެންގޮސްފި އެވެ.

އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މައުރޫފްވީ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުންދާ މަންޒަރުގެ ފޮޓޯތަކެއް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ ރައީސް ހުސައިން ހަސަން ފޭސްބުކްގައި ހިއްސާކުރެއްވި އެވެ.

ހުސައިން ވިދާޅުވި ގޮތުގައި މައުރޫފް ހޮސްޕިޓަލަށް ގެނައީ ކުއްލި އޮޕަރޭޝަނެއް ކުރަން ޖެހިގެނެވެ. އޮޕަރޭޝަން ކުރަން ވެގެން އެމަޖެންސީ ރޫމުން ނެރެގެން އޮޕަރޭޝަން ތިއޭޓަރަށް ގެންދަނީ ކަމަށް ޕޯސްޓްގައި ލިއުއްވާފައިވެ އެވެ.

“އެމްޑީޕީ‬ ލީޑަރޝިޕްގެ ބައެއް ބޭފުޅުން އަދިވެސް ތިއްބެވީ ހޮސްޕިޓަލުގައި,” ހުސައިން ލިއުއްވާފައިވެ އެވެ.

Leave a Reply