ކުޅުދުއްފުށި ސިޓީގައި ކުޅުދުއްފުށި ސިޓީގައި އިމިގްރޭޝަންގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ގާއިމުކުރި އާ ރީޖަނަލް އޮފީސް މިއަދު ހުޅުވައިފި އެވެ.

މިއަދު ހެނދުނު ބޭއްވި ހާއްސަ ރަަސްމިއްޔާތެއްގައި އެ އޮފީސް ހުޅުވައިދެއްވީ ޑެޕިއުޓީ ކޮންޓްރޯލަރ، އަޙްމަދު އަޝްފާން އެވެ.

އިމިގްރޭޝަންއިން ބުނީ އެ އާ އޮފީހާއެކު، އޮފިސަރުންނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، މަސައްކަތުގެ މާހައުލަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ، އަދި އޭގެ އިތުރުން އެ ސަރަހައްދުގައި އިމިގްރޭޝަންގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް މަގުފަހިވެގެންދާނެ ކަމަށް ވެސް އިމިގްރޭޝަންއިން ބުންޏެވެ.

ކުޅުދުއްފުށި ސިޓީއަކީ މުޅި އުތުރުގައި ވެސް އެންމެ އާބާދީ ބޮޑު ރަށެވެ. އަދި ގިނަ އަދަދެއްގެ ބިދޭސީން ވެސް އެ ރަށުގައި ދިރިއުޅެއެވެ.

އޭގެ އިތުރުން ޕާސްޕޯޓް ހައްދައި ދިނުމުގެ މަސައްކަތް ވެސް ކުޅުދުއްފުށި ސިޓީއިން ލިބެ އެވެ.

Leave a Reply