ކުޅުދުއްފުށި ސިޓީގައި މިރޭ ހަވާ އަރުވާނެ ކަމަށް ޤައުމީ ދިފާއީ ބާރުން ބުނެފިއެވެ.

ޤައުމީ ދިފާއީ ބާރުން ބުނީ މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ 21:30އާއި 22:00އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 5މިނެޓުގެ ދިގުމިނަކަށް ކަމަށް ވެސް އެ ފަރާތުން ބުނެފައި ވެއެވެ.

https://twitter.com/MNDF_Official/status/2004872134540362220

ދިފާއީ ބާރުން ބުނީ މިއީ ކުޅުދުއްފުށި ސިޓީ ބޯޒިޔާރަތް ބޯޗް ހުޅުވުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތުގައި ސިފައިންގެ ކޯޕަރޭޓިވްއިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

Leave a Reply