ކުރުނބާ ރިސޯޓާ ދިމާ ބޭރުން މިރޭ ހަވާ އަރުވާނެ ކަމަށް ޤައުމީ ދިފާއީ ބާރުން ބުނެފިއެވެ.

ގައުމީ ދިފާއީ ބާރުން ބުނީ މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ 20:20ގައި ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 4މިނެޓުގެ ދިގުމިނަކަށް ކަމަށް ވެސް އެ ފަރާތުން ބުނެފައި ވެއެވެ.

ދިފާއީ ބާރުން ބުނީ މިއީ އަމިއްލަ ފަރާތެއްގެ އެދުމުގެ މަތީން ވިޔަފާރި އުސޫލުން ސިފައިންގެ ކޯޕަރޭޓިވްއިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

Leave a Reply