ކުރީގެ ޑްރާމާތަކުންނާއި ފިލްމުތަކުން މަޝްހޫރުކަން ހޯދި މުހައްމަދު ނައީމް ނިޔާވެއްޖެއެވެ.

އުމުރުން 71 އަހަރުގައި ނައީމް ނިޔާވެފައިވާއިރު، ކަށުނަމާދު ކުރުން އޮތީ މިއަދު މެންދުރު ނަމާދަށްފަހު މާލޭ އާސަހަރާ މިސްކިތުގައެވެ. ނިޔާވި ސަބަބެއް ނޭންގެއެވެ.

ފިލްމީ ދާއިރާގައި ނައީމް އެންމެ ގިނައިން ފެނިފައިވަނީ ބައްޕަގެ ރޯލުންނެވެ. ނައީމް އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ދިވެހި ފިލްމް “ޒުލޭހާ”ގައި ލީޑް ރޯލުން ފެނުނު ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ބައްޕަގެ ރޯލުންނެވެ. އޭނާ ފެނިފައިވަނީ ވަރަށް ރުޅިގަދަ އަދި ރަހުމްކުޑް ބައްޕައެއްގެ ގޮތުގައެވެ.

އޭގެއިތުރުން ޔޫއްޕެއާއި މަރިޔަމް ނިޝާ ކުޅެފައިވާ “ގޮވިއްޖެ ނަދުރު” ލަވައިންވެސް ވަރަށް ރުޅިގަދަ ބައްޕައެއްގެ ގޮތުގައި ނައީމް ފެނިގެންގޮސްފައިވެއެވެ.

ނައީމްވަނީ ކުރީގެ ގިނަ ޑްރާމާތައްވެސް ކުޅެފައެވެ. އެ ޑްރާމާތަކުގައިވެސް ގިނައިން ކުޅެފައިވަނީ ބައްޕަގެ ރޯލެވެ.

Leave a Reply