ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލް ޝައްމާނު ވަހީދު ފުލުހުންގެ ހައްޔަރަށް މިރޭ ގެންގޮސްފި އެވެ.

ރޭ މަގާމުން ވަކިކުރި ޝައްމާނު ފުލުހުންގެ ބެލުމުގެ ހައްޔަރަށް ގެންގޮސްފައިވަނީ މިރޭ 11:30 ހާއިރުކަން ވަނީ “ދެން” އަށް ވަނީ ޔަގީންވެފަ އެވެ.

ޝައްމާނު ހައްޔަރުކުރީ ފުލުހުންގެ ބެލުމުގެ ދަށަށް މިރޭ ހާޒިރުކުރުމަށް ފަހު އެވެ.

ޝައްމާނު އަށް ތުހުމަތު ކުރެވެނީ އިމިގްރޭޝަން އަށް ގެންދިޔަ ބިދޭސީއަކު ރިޝްވަތު ނެގިކަމުގެ ތުހުމަތުގަ އެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ރޭ ވަކިކުރުމަށް ފަހު ޝަމްއާން ވަކިކުރި ސަބަބާއި އޭނާއާ ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ރަސްމީކޮށް ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެ 24 ގަޑިއިރު ވާން ގާތްވެފައި ވަނިކޮށް ފުލުުހުން މިރޭ ބަޔާނެއް ނެރުނެވެ.

ފުލުހުން ބުނި ގޮތުގައި، ބިދޭސީން ދިރިއުޅޭ ގެއަކަށް ބައެއް އިމިގްރޭޝަން އޮފިސަރުން ރެއިޑްކުރީ ވެސް މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެންނެވެ. އެހެން ފުލުހުން ބުނި ސަބަބަކީ، ރެއިޑް ކުރި އިމިގްރޭޝަން އޮފިސަރުންނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޒިންމާ ހަވާލުކުރި ޓާސްކް ފޯސް އަދި ރިސްކް މެނޭޖުމަންޓްގައި ނުވެސް ހިމެނޭ މުވައްޒަފުންތަކަކަށް ވާތީ އެވެ.

އެއިން ބިދޭސީއަކު 530،000 ރުފިޔާއާއެކު ދޫކޮށްލީ ޝަމްއާންގެ އަމުރަކަށް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ. ދޫކޮށްލުމަށް ފަހު، އޮޕަރޭޝަން ހިންގި އޮފިސަރުން މަގުމަތިން ބިދޭސީމީހާއާ ބައްދަލުކޮށް އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ވެސް ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.

ޝަމްއާން މި ވަގުތު ވަނީ ފުލުހުންގެ ތަހުގީގަށް ހާޒިރުކޮށްފަ އެވެ. މި މައްސަލާގައި އިމިގްރޭޝަންގެ ތިން އޮފިސަރަކު މިހާރު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

 

Leave a Reply

Your email address will not be published. Required fields are marked *