ކަޝްމީރުގެ އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ޕަހަލްގަމްގައި ދިން ޓެރަރިސްޓް ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފި އެވެ.

އިންޑިއާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ޕަހަލްގަމްއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކަކަށް އަމާޒުކޮށް އިއްޔެ ދިން ބަޑީގެ ހަމަލާތަކެއްގައި 26 މީހަކު މަރުވެފައިވާ ކަމުގަ އެވެ. އެ ހަމަލާތަކުގައި 17 މީހަކު ޒަހަަމްވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ހަމަލާ ކުށްވެރިކުރައްވާ މިއަދު “އެކްސް” ގައި ކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ ޕަހަލްގަމްގައި ދިން ޓެރަރިޒަމްގެ ހަމަލާގައި ބަޔަކު މަރުވެ، ޒަހަމްވެފައިވާ ހަބަރުން ސިހުން ލިބިވަޑައިގެންފައިވާ ކަމަށާއި އެކަމާ މެދު ހިތާމަފުޅު ކުރައްވާ ކަމަށެވެ.

ހަމަލާގައި އަނިޔާވި މީހުންނާއި އެ މީހުންގެ އާއިލާތަކާ އެކުވާ ކަމުގައި ފާހަގަކުރައްވާ ޓެރަރިޒަމާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ސާބިތުވެ އޮތްކަން ރައީސް ފާހަގަކުރެއްވި އެވެ.

ޕަހަލްގަމްގައި ދިން ހަމަލާ އާ ގުޅިގެން ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދެވި ދަތުރުފުޅު ކުރުކުރައްވައި ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެނބުރި އިންޑިއާއަށް ވަޑައިގެންފަ އެވެ. ވިދާޅުވެފައި ވަނީ އެ ހަމަލާ ދިނުމުގެ ޒިންމާވާ ފަރާތްތައް ހޯދާނެ ކަމަށެވެ.

ހަމަލާދިން ފަރާތްތައް ހޯދުމުގެ މަސައްކަތް އިންޑިއާގެ ސަލާމަތީ އިދާރާތަކުން ދަނީ ކުރަމުންނެވެ.

Leave a Reply