އައްޑޫ ސިޓީގެ ހިތަދޫގެ މަގެއްގެ ކަފިހުރަސް ހުރަސްކުރި ދުވަސްވީ ފިރިހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލް މެމްބަރަކު “ދެން”ޢަށް ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ މިރޭ ކަމަށެވެ.

ނަމަވެސް އޭގެ އިތުރު ތަފްސީލެއް އޭނާ ވިދާޅެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުން ދުވަސްވީ މީހާ ކަފި ހުރަސް ކުރަނިިކޮށް ވަރަށް ބާރަށް ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އެ މީހާއާ ސައިކަލު ދުއްވަން އިން މީހާވެސް ވެއްޓެ އެވެ.

އެ ހާދިސާގައި ލިބުނު ގެއްލުމެއް ސާފެއް ނުވެއެވެ.

އަދި ހާދިސާއާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ނުލިބެ އެވެ.

Leave a Reply