
މި މާޗު މަހުގެ ތެރޭގައި އަހަރެމެންނާ، ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ބައްދަލުކޮށްފި އެވެ. ހީވާގި އަދި މަސައްކަތްތެރި އެތައް ދިވެހި އަންހެނެއްގެ އަގު ވެސް ވަޒަން ކުރެވިއްޖެ އެވެ.
މި ދުވަސް އާންމު ގޮތެއްގައި ފާހަގަކުރެވެނީ ފިނިފެންމަލާއި ކޭކު ހަދިޔާކޮށްގެން ކަމުގައި ވީނަމަވެސް، މުޖުތަމައެއްގެ ގޮތުގައި އަހަރެމެން އެންމެންގެ ވިސްނުން ފުޅާކުރަން ޖެހެ އެވެ. އަންހެނުންގެ އަގު ވަޒަންކުރުމާ އެކު، ދާއިމީ ނުވަތަ ދިގު މުއްދަތެއްގައި އެ މީހުންނަށް ފައިދާ ކުރާނެ ކަންތައްތަކެއް މަގުފަހިކޮށްދިނުމަކީ މާ މާނަ ފުން އަދި އެދެވޭ ކަމެކެވެ.
މުޖުތަމައުގައި އަންހެނުން ވަޒީފާގެ ބާޒާރަށް ނުކުތުމަށް ނުވަތަ އެހެން ވެސް ހަރަކާތެއްގައި ޝާމިލުވެ އުޅުމަށް ބައެއް ހުރަސްތައް ހުރެ އެވެ. އާއިލީ ގޮތުން އަދާކުރަން ޖެހޭ ޒިންމާތަކާއި ސިއްހީ ގޮތުން ކުރިމަތިވާ ހާއްސަ ބައެއް ހާލަތްތައް ފަދަ ކަންކަމެވެ. އަދާކުރާ ވަޒީފާ ނުވަތަ މަސައްކަތުން “ބްރޭކް” އެއް ނަގަން ޖެހި، އަމްދަނީ ހުއްޓިދާނެ ހާލަތްތައް ވެސް ހުރެ އެވެ. ދިމާވާ ބަލި ހާލަތަކާ ހުރެ ވަޒީފާ އާ ދުރުގައި ދާއިމަށް ހުންނަން ވެސް ޖެހިދާނެ އެވެ. އެކަމަކު އެފަދަ ކަންކަމުން ކުރިމަތިވާ އާމްދަނީ ހުއްޓުމުގެ ހާލަތުން ސަލާމަތް ވެވިދާނެ އެހެން ގޮތްގޮތް އެބަހުއްޓެވެ.
އެލައިޑްގެ “ކަމަނަ” ޕްލޭނަކީ މިފަދަ އެއް އިންތިޒާމެވެ. ކުރު މުއްދަތާއި ދިގު މުއްދަތަށް ދެމިގެންދާ ގޮތަށް އަންހެނުންނަށް މާލީ ރައްކާތެރިކަން މި ޕްލޭނުން ފޯރުކޮށްދެ އެވެ. އެގޮތުން 18-48 އަހަރާ ދެމެދުގެ ކޮންމެ އަންހެނަކަށް ވެސް އޭނާގެ އުމުރުން 60 އަހަރާ ހަމައަށް ދެމިގެންދާ ގޮތަށް މި ޕްލޭން ނެގޭނެ އެވެ.
މި ޕްލޭނުގެ ދަށުން ގަވާއިދުން މަހުން މަހަށް ފައިސާ ދައްކަމުން ދާއިރު، އެއްކުރެވޭ ފައިސާގެ 5 ޕަސެންޓް ކޮންމެ ދެ އަހަރު ދުވަހަކުން ލިބޭނެ އެވެ. އޭގެ އިތުރުން ޕްލޭނުގެ މުޅި މުއްދަތު އެއްކޮށް ހަމަވުމާ އެކު، އެއްކުރެވިފައިވާ ހުރިހާ ފައިސާއަކާއި އެ ފައިސާއިން ހޯދާ ބޯނަސް ނުވަތަ ފައިދާ/އާމްދަނީ ވެސް ލިބޭނެ އެވެ.
އޭގެ އިތުރުން ޕްލޭން ބައްލަވައިގެންފައިވާ ފަރާތް، ޕްލޭނުގެ ހިނގަހިނގާ ހުންނަ މުއްދަތުގައި ދިމާވާ ހާލަތާ ގުޅިގެން ނިޔާވެއްޖެ ނަމަ ޕްލޭނުގައި އެއްކުރަން އަމާޒު ހިފާފައިވާ ފައިސާ އަދި އޭގެ އިތުރަށް 50 ޕަސެންޓް، އަދި އެއްކުރެވުނު ފައިސާއަށް ލިބުނު ބޯނަސް ވެސް ޕްލޭނުގެ ބެނެފިޝަރީއަށް ލިބޭނެ އެވެ. (މިސާލަކަށް 100،000 ރުފިޔާ އެއްކުރާ ނަމަ، 150،000 ރުފިޔާ އަދި ބޯނަސް ލިބޭނެ އެވެ.)
“ކަމަނަ” ޕްލޭނަށް އިތުރު ކަވަރޭޖުތަކެއް އިތުރު ވެސް ކުރުމުގެ ފުރުސަތު އޮވެ އެވެ. އެގޮތުން ޕްލޭނުގައި ކަނޑައަޅާފައިވާ ފުރާނައަށް ނުރައްކާހުރި ބައްޔެއް ކުރިމަތިވެއްޖެ ނަމަ، އެއްކުރަން ކަނޑައަޅާފައިވާ ފައިސާގެ ދެބައިކުޅަ އެއްބައި ނުވަތަ ފުރިހަމަ އަދަދު، ވަގުތުން ވަގުތަށް ހުރި މާލީ ބޭނުންތައް ފުއްދުމަށް ލިބޭނެ އެވެ. އަދި ޕްލޭނުގެ މުއްދަތަށް ދައްކަން ޖެހޭ ޕްރީމިއަމްތައް ދެއްކުން ހުއްޓާލައި، އެކަމަކު ޕްލޭނުގެ މުޅި މުއްދަތަށް ލިބެން ޖެހޭ މާލީ ރައްކާތެރިކަން ނުވަތަ ފައިދާތައް ލިބެމުން ދާނެ އެވެ.
އެކްސިޑެންޓަކާ ގުޅިގެން ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެއްޖެ ނަމަ ވެސް ޕްލޭނުގައި އެއްކުރަން ރާވާފައިވާ ފައިސާގެ އަދަދު އެއްފަހަރާ ލިބި، މުސްތަގުބަލުގައި ދައްކަމުން ދާން ޖެހޭ ފައިސާ ދައްކާކަށް ވެސް ނުޖެހޭނެ އެވެ.
މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެޕްރީލް މަސް ނިމުމާ ހަމައަށް، އެލައިޑުން “ކަމަނަ” ޕްލޭން ފޯރުކޮށްދެމުން ދަނީ ޕްލޭން ބައްލަވައިގަންނަވާ ކޮންމެ ފަރާތަކަށް ވެސް ފުރަތަމަ މަހުގައި ދައްކަން ޖެހޭ ފައިސާއަށް 100 ޕަސެންޓް ޑިސްކައުންޓަކާ އެކުގަ އެވެ. އެހެންކަމުން މިވަގުތަކީ “ކަމަނަ” ޕްލޭނެއް ބައްލަވައިގަނެގެން ދިރިއުޅުމަށާއި މާލީ ރައްކާތެރި ކަމަށް ކަށަވަރު ކަމެއް ހޯދުމުގެ ރަނުގެ ފުރުސަތެކެވެ.
އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އަމިއްލަ ނަފުސަށް ދިނުމަށް އަގުހުރި، ފައިދާ ހުރި ހަދިޔާއެކެވެ.