ބިދޭސީންނަށް ދޫކޮށްފައިވާ ހުއްދައިގައިވާ ދާއިރާއިން ބޭރުވެ، ޝަރުތުތަކާ ހިލާފުވާނަމަ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ރާއްޖޭގައި ހުރުމުގެ ހުއްދަ ދޫކޮށްފައިވާ ބިދޭސީއަކު، ރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކުރުމަކީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ކުށެއްކަމަށާއި އެފަދަ ފަރާތްތައް ރާއްޖޭގައި ތިބެންވާނީ އެފަރާތްތަކަށް ދޫކޮށްފައިވާ ހުއްދައިގައިވާ ދާއިރާގެ ތެރޭގައި ކަމަށާއި އެ ހުއްދައިގައިވާ ޝަރުތުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށެވެ.

ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން އަންނަނީ އޮޕަރޭޝަންތަކެއް ކުރިއަށްގެންދަމުންނެވެ. މި އޮޕަރޭޝަންތަކުގައި ރާއްޖޭގައި ހުރުމުގެ ހުއްދަ ދޫކޮށްފައިވާ ދާއިރާގެ ބޭރުންނާއި، ހުއްދައިގައިވާ ޝަރުތުތަކާ ހިލާފަށް ހަރަކާތްތެރިވާ ބިދޭސީން ދަނީ ހައްޔަރުކުރަމުންނެވެ. އަދި މައްސަލަ ބަލައި ބައެއް ފަރާތްތައް ވަނީ ޑީޕޯޓުވެސް ކޮށްފައެވެ.

 

Leave a Reply