ހުޅުމާލެއިން ދެވިފައިވާ ސޯޝަލް ހައުސިންގ ޔުނިޓްތައް ބިދޭސީންނަށް ކުއްޔަށް ދީފައިވާނަމަ އެކަން ބަލައި ފިޔަވަޅު އަޅާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ނެރެފައިވާ ޢިއުލާނެއްގައި ބުނީ، ސޯޝަލް ހައުސިންގެ ދަށުން ދެވިފައިވާ އެއްވެސް އެޕާޓްމަންޓެއް، ބިދޭސީއަކަށް ކުއްޔަށް ދީފައިވާނަމަ 3 ޖަނަވަރީ 2026ވަނަ ދުވަހުގެ ކުރިން އެތަންތަން ހުސްކުރުމަށް، އެ އެޕާޓްމަންޓުގެ ވެރިފަރާތްތަކަށް އަންގާކަމަށެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް އެޗްޑީސީއާއި އެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތައް ޢަމަލުކުރުމަށް އެ ކޯޕަރޭޝަނުން ވަނީ ހަނދާންކޮށްދީފައެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ، ޖަނަވަރީ 3ގެ ފަހުން ހުޅުމާލެއިން ދޫކޮށްފައިވާ އެއްވެސް ސޯޝަލް ހައުސިން ޔުނިޓެއް ބިދޭސީންނަށް ކުއްޔަށް ދީފައިވާނަމަ އެ ކޯޕަރޭޝަންއާއި އެކު ވެފައިވާ ފްލެޓް އެއްބަސްވުން އުވާލެވޭނެ ކަމަށެވެ.

ހަމައެހެންމެ، މިފަދަ ކަންކަމުގައި ޢާންމު ފަރާތްތަކުން އެ ކޯޕަރޭޝަންއަށް ދެމުންދާ އެއްބާރުލުން އެޗްޑީސީ ވަނީ ފާހަގަކޮށްފައެވެ.

Leave a Reply