ރާެއްޖޭޣެ އެއާލައިން، ބިއޯންޑް އެއާލައިންސްއިން 16،000އަށް ވުރެ ގިނަ ޑޮލަރު ކަސްޓަމަރަކަށް ދައްކަން ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން އިއްޔެ ބިއޯންޑްގެ މައްޗަށް ކުރީ އިޓަލީގެ ރައްޔިތެއް ކަމަށްވާ ސިލްވިއާ ޕިންޓޯ ކުރި ދައުވާއަކާ ގުޅިގެންނެވެ.

އެ ދައުވާގައި ބުނެފައިވާ ގޮތުން ސިވްލިއާ އެ އެއާލައިންއިން ދަތުރުކުރަން ނެގި ހަ ޓިކެޓެއް ކެންސަލްކުރުމުން ލިބެން ޖެހޭ ރިފަންޑް ބިއޯންޑްއިން ދީފައެއް ނުވެއެވެ.

އެ މައްސަލައިގައި ބިއޯންޑްއިން ދިފާއުގައި ކޯޓަށް ހާޒިރުވެފައިވާ ނުވާތީ ސިލްވިއާ ހުށަހެޅި ކަންކަމަށް ރިއާޔަތްކޮށް ސިވިލް ކޯޓުން ވަނީ ބިއޯންޑްގެ ޣައިރު ހާޒިރުގައި ސިލްވިއާގެ ކޮޅަށް މައްސަލަ ނިންމާފަ އެވެ.

އެގޮތުން  ބިއޯންޑްގެ ޕޮލިސީއާ އެއްގޮތަށް ސިލްވިއާއަށް ރިފަންޑްގެ ގޮތުގައި ލިބެންޖެހޭ 14،000ޑޮލަރާއި އަދި ވަކީލުގެ ފީއަށްވާ 2160ޑޮލަރާއިއެކު ޖުމްލަ 16،160ޑޮލަރު ހަތް ދުވަހުގެ ތެރޭގައި ބިއޯންޑްއިން ދައްކައި ހަލާސްކުރަން ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ބިއޯންޑްއަކީ ރާއްޖޭގެ ސިމްޑީ ގްރޫޕުން ޔޫއޭއީގެ އަރަބެސްކް ކުންފުންޏާ ގުޅިގެން 2023ވަނަ އަހަރު ތައާރަފްކުރި ލަގްޒަރީ އެއާލައިންއެކެވެ.

 

Leave a Reply